ހުއްދަ ނުހޯދާ ހެލިކޮޕްޓްރ ބޭނުންކުރިކަމަށް ވިދާޅުވެ ޢައްސާން ދެއްކެވި ވާހަކަ އިންޑިއާއިން ދޮގު ކޮށްފި

ހުއްދަ ނުހޯދާ ހެލިކޮޕްޓްރ ބޭނުންކުރިކަމަށް ވިދާޅުވެ ޢައްސާން ދެއްކެވި ވާހަކަ އިންޑިއާއިން ދޮގު ކޮށްފި

Author
ހުސެއިން
14 މެއި 2024 04:25
0

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައެއް ނެތި ތ. ތިމަރަފުށީގައި ޖެއްސިކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ހައިކޮމިޝަނުން ދޮގު ކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރ ހުއްދަ ނެތި ބޭނުންކޮށްފައިވާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކައާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އިންޑިއަން އޭވިއޭޝަންގެ ޕްލެޓްފޯމްތައް ބޭނުން ކުރަމުން ގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާ، ބޭނުންވާ ހުއްދަތައްވެސް އެމްއެންޑީއެފްއިން ނެގުމަށްފަހު ކަމަށެވެ.

އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވާ، 9 އޮކްޓޯބަރ 2019ގައި ކުރި ދަތުރަކީވެސް އެއުސޫލުގެމަތިން ކޮށްފައިވާ ދަތުތެއްކަމުގައިވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

އަދި އެ ދަތުރަކީ އެމަރޖެންސީ ހާލަތުގައި ކޮށްފައިވާ ދަތުރެއްކަމަަށާއި، ހެލިކޮޕްޓަރއާއި އަދި އޭގެ ކުރޫންގެ ސަލާމަތަށްޓަކާ އެ ދަތުރުވެސް ކޮށްފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ހުއްދަވެސް ނަގައިގެން ކަމުގައި ވެސް އިންޑިއާ ހައިކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ފްލައިޓެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އޭރު އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެކެވެ.

އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް.

މި ސަރުކާރުގައި ރާއްޖޭގެ ކޮމާންޑިން ކޮންޓްރޯލުން ބޭރުން ދަތުރެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ޣައްސާން ވިދާޅިވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.