އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށް 17 މިލިއަން ރުފިޔާ ޚަރަދުވާނެ

އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށް 17 މިލިއަން ރުފިޔާ ޚަރަދުވާނެ

Author
ހުސެއިން
13 މެއި 2024 11:13
0

ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން މަރާމާތު ކުރުމަށް 17 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކުރުމާއި ގުޅިގެން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ މިހާރު ފަށާފައިވާކަމަށް އެމްޓީސީސިން ބުނެފިއެވެ.

އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރަށްވާ ޢިއްޒުއްދީން ފާލަމަކ،ީ ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއ،ި ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެއް ކަމުގައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެނ،ް ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި ފާލަން ފަރުމާކުރެވުނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ.

އެމްޓީސީސީން ބުނެފައިވަނީ،ް އަލުން ތަރައްޤީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއަޔަތާއ،ި ސަގާފަތް ރަމްޒުކޮށްދ،ޭ ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވާކަމުގައެވެ.

އެގޮތުން،  މި މަޝްރޫޢުގެ ދަށުނ،ް ކުރީގެ ޖެޓީ ރޫޅާލުމާއ،ި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއ،ި ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނޭކަމަށާއި، މި މަޝްރޫޢަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއްކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައިކަމަށާއި، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި ކަމުގައެވެ.

އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.