އެއާޕޯޓު ޓެކްސީ މައްސަލަ ހައްލުކުރަން ޕްލޭން ތަންފީޒުކުރަން ފަށައިފި

އެއާޕޯޓު ޓެކްސީ މައްސަލަ ހައްލުކުރަން ޕްލޭން ތަންފީޒުކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހަރަކާތްތެރިވާ ޓެކްސީތައް އަމަލު ކުރާނެ ޕްލޭނެއް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން އެކުލަވާލައި ތަންފީޒު ކުރަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން  ޓެކްސީތަކުގެ އަގު ފަސޭހަ އިން ފެންނާނެ ގޮތަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައެވެ. އަދި ޓެކްސީތަކުގެ މައްސަލަ ރިޕޯޓު ކުރުމަށް ކިއުއާރު ކޯޑެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ތައާރަފުކޮށްފައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކުގެ ތެރެއިން މައްސަލަ ބަލަން ބޭނުންވާ މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާއިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މައްސަލަތައް ބަލަން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު ގިނަ ޝަކުވާތަކެއް ލިބިފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އެމްއޭސީއެލް ހިމެނޭ ގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *