16 މީހުންނާއިއެކު މުދާ ބަރުކޮށްގެ ދިޔަ "ރޯޝަނީ" ބޯޓް ފަރަށް އަރައިފި

16 މީހުންނާއިއެކު މުދާ ބަރުކޮށްގެ ދިޔަ "ރޯޝަނީ" ބޯޓް ފަރަށް އަރައިފި

Author
ހުސެއިން
05 މެއި 2024 11:43
0
މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ފަރަށް އަރައިފިއެވެ.
ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމުގައެވެ.
އެމްއެންޑީއެފްްއިން ބުނެފައިވަނީ އެ ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަގަޅުކަމުގައެވެ. އަދި މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު އެ ބޯޓު އަދި މިހާތަނަށް ފުން ކުރެވިފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެއްގައި ބުނެފައިވަނީ 'ބޮޑު ދިޔާގައި ކަފުޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.