ގެނބުނު ރިސޯޓެއްގެ މުވައްޒަފަކު ސަލާމަތް ކުރީ 2 ފަތުރުވެރިން!

ގެނބުނު ރިސޯޓެއްގެ މުވައްޒަފަކު ސަލާމަތް ކުރީ 2 ފަތުރުވެރިން!

Author
އަހުމަދު
04 މެއި 2024 02:17
0

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މޫދަށް ވެއްޓި، ގެނބުމާ އެކުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިން މޫދަށް ފުންމާލައި އެ މުވައްޒަފު ސަލާމަތްކޮށްދީފިއެވެ.

މި މުވައްޒަފު ސަލާމަތްކޮށް ދިނީ ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ ދެމަފިރިންނެވެ.  އެ ދެމަފިރިންނަކީ އެ ރިސޯޓަށް ހަނީ މޫނަށް އައި ދެމަފިރިންނެވެ.

މި ދެމަފިރިން ރިސޯޓަށް އައިސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން މުވައްޒަފު ވެއްޓި ގެނބެން ފެށުމުން ސަލާމަތްކޮށްދިނީ ދެމަފިރިން ކަމުގައި ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.