ސޯޝިއަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅެ ބަރަހާނާވި ގ.ކަމަރާގޭ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްސަލަ އަނެއްކާވެސް ފުލުހުން ބަލަން ފަށައިފިއެވެ.
މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މީގެކުރިން ހުކުމްވެސް ކޮށްފައި ވެއެވެ.
މީސް މީޑިއާ ޕްލެޓް ފޯމެއްކަމުގައިވާ ޓިކްޓޮކްގައި ބަރަހާވި މައްސަލާގައި ދައުތަކުން ނަބީލްގެ މައްޗަށް 2022 ވަނަ އަަހަރު ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ހެދުމުގެ ދައުވާއާއި ގެންގުޅުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ، މި ދެދައުވާއަށްވެސް އޭނާ އިންކާރު ކޮށްފައިވިނަމަވެސް، ދައުލަތުން އޭނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަކީ އޭނާގެ މައްޗަށް މި ދައުވާތައް އެއްވެސް ޝައްކެއް ނެތް މިންވަަރަށް ސާބިތުވާ ހެކިތަކާއި ގަރީނާތައް ކަމުގައެވެ.
ދެ ދައުވާގެ ތެރެއިން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާގައި އާނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާގެ މައްޗަށް ކޮށްފައިވަނީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ޔާޔާ ނަބީލް ހައްޔަރުކޮށް މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަނީ ބަރަހަނާ ވީޑިއޯ ހަދާފައިނުވާނެކަމަށް ބުނެފައެވެ. އޭރު އޭނާ ބުނެފައިވަނީ ޓިކްޓޮކަށް 3 މިނެޓްގެ ވީޑިއޯއެއް ލާފައިނުވާނެކަމަށާއި، ލެވުނީ 60 ސިކުންތުގެ ވީޑިއޯއެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު ބޭނުންކޮށްގެން ކުރި ކަމެއްކަމަށްވެސް އޭރު ނަބީލް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ