ޗިކަންގުންޔާއިން ރައްކާތެރިވުމަށްޓަކާ މަދިރިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ހެލްތް އިން ގޮވާލައިފިއެވެ.
ޗިކަން ގުންޔާއަކީ ޑެންގީ ހުންފަތުރާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ދުޅަވުން އަދި ހުން އައުން ފަދަ އުނދަގޫތައް ދިގު މުއްދަތަކަށް ދެމިގެންދެއެެވެ.
Protect yourself & your loved ones from mosquito bites. Use repellent, wear long sleeves & pants, and eliminate standing water. Stay safe & informed @HPA_MV pic.twitter.com/meRITEAZ4i
— Ministry of Health (@MoHmv) April 26, 2024
ޗިކަންގުންޔާގެ އަލާމަތްތަކުގެ ތެރޭގައި:
- 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަ ވުން
- ގަދައަށް ބޮލުގައި އަދި ގައިގައި ރިއްސުން
- ހުޅުހުޅުގައި ރިއްސުން
- ހުޅުހުޅު ދުޅަވުން
- ބަނޑުގައި ރިއްސާ މޭ ނުބައިކޮށް ހޮޑު ލެވުން
- ގައިގައި ތަރް ބިހި ނުވަތަ ރޭޝް ނެގުން
މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައި އޮންނަ ދަރިފުޅަށް މަންމަގެ ފަރާތުން އެ ބަލި ޖެހުމުންނާއި، ތުއްތު ކުދިން އަދި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލި ތަހައްމަލު ކުރާ މީހުންނަށެވެ.
ބަލިން ރައްކާތެރިވުމަށް ބަލި ފަތުރާ މަދިރި އާލާވާ ތަންތަން ސާފުކޮށް ބެލެހެއްޓުން ވަރަށް މުހިއްމެވެ. އެގޮތުން ހާމައަށް ފެން ހަރުލާފައި ހުންނަ އެއްޗެހިން ފެން ހޮސްކޮށް މަދިފަނި ނައްތާލުން އަދި ހެނދުނާއި ހަވީރު މަދިރި އެންމެ ގިނަ ވާ ވަގުތު ވީހާވެސް ނިވާކަން ބޮޑުކޮށް ފޭރާން އެޅުމަށް ސަމާލުކަން ދީ މަދިރި ސްޕްރޭ ނުވަތަ ލޯޝަން ބޭނުން ކުރުމަށް ހެލްތު މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައިއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއްކަމުން މަދިރި ގިނަވެ ޗިކަންގުންޔާ އަދި ޑެންގޫ ފެތުރުމަކީ އާންމުކަމެކެވެ.