ހަށިވިއްކަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އަންހެނަކު 15 ދުވަހަށް ބަންދު ކޮށްފި

ހަށިވިއްކަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އަންހެނަކު 15 ދުވަހަށް ބަންދު ކޮށްފި

Author
ހުސެއިން
26 އޭޕްރިލް 2024 08:16
0
ހަށިވިއްކަން ހިތްވަރު ދިނުމާއި އެކަމަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހަށިވިއްކަން ހިތްވަރު ދިނުމާއި އެކަމަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރީ އުމުރުން 39 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާއަކީ ތ. ވޭމަންޑޫ ރެދިންގެ ނިޝާނީ އަލީ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.

މި އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އެކަމަށް އެހީތެރިވެދިނުމުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ސައިބަ ކްރައިމް، މަނީ ލޯންޑްރިން އަދި ޑްރަގް ޓްރެފިކިން ހިމެނެ އެވެ.

މި އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.