96 ޕަސަންޓް ވޯޓް ފޮށީގެ ސިއްރުކަން ވަނީ ކަށަވަރުކޮށްދީފަ، އިންތިޒާމްތައް ރަގަޅު: ޓްރާނަސްޕޭރެންސީ

96 ޕަސަންޓް ވޯޓް ފޮށީގެ ސިއްރުކަން ވަނީ ކަށަވަރުކޮށްދީފަ، އިންތިޒާމްތައް ރަގަޅު: ޓްރާނަސްޕޭރެންސީ

މިއަދު ކުރިޔަށްދާ މަޖިލިސް އިންތިޚާބުގައި 96 ޕަސަންޓް ވޯޓް ފޮށީގެ ސިއްރުކަން ކަށަވަރުކޮށްދީފައި ވާކަމަށާއި، އިންތިޒާމްތައް ރަގަޅު ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިޔަށްދަނީ އަމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މިއަދު ބޭއްވޭ އިންތިޚާބުގައި ވޯޓުލުމަށް ވަރަށް ހެނދުނާ ގިނަ ސަރަހައްދުތަކުގައި ވަނީ ކިއު ހަދާފައި ވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ ހަތަރު ޕަސަންޓް ވޯޓު ފޮށީގައި ސިއްރުކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ނަމަވެސް، ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އިލެކްޝަންސް ކޮމިޝަންއިން އަޅާފައިވާ ކަމުގައެވެ.

މިއަދުގެ 13:00އާއި ހަމައަށް 113،627 މީހުން ވޯޓުލާފައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައި ވެއެވެ.

އީސީން ބުނެފައިވަނީ މިއީ ވޯޓުމުގެ ހައްގު ލިބިފައިވާ މީހުންގެ %40 ކަމުގައެވެ. މީގެތެރެއިން %18 އަކީ އަންހެނުންނެވެ. %22 އަކީ ފިރިހެނުންނެވެ. މިހާތަނަށް 171،036 މީހުން ވޯޓުލާފައި ނުވެއެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ މީހުންގެ %60 އެވެ.

20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓު ލިބުމުގެ ހައްގު ލިބިފައިވާއިރި އޭގެ ތެރެއިން 145،302 މީހުންނަކީ ފިރިހެނުންނެވެ. 139،361 މީހުންނަކީ އަންހެނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *