"ފަރިހި 2″ ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ވަނީ ބަލާފަައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ބުނީ ދޯނި ހޯދުމަށް ކަނޑާއި ވައިގެމަގުން މިހާރުވެސް މަސައްކަތްކުރަމުން ދާކަމުގައެވެ. އެމްއެންޑީއެފްގެ އެކްސް ޕޯސްޓުގައި ބުނެފައިވަނީ ދެ ފަޅުވެރިންނާ އެކު މަސް ބާނަ ނުކުން "ފަރިހި 2″ ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114′ ރޭ 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލާފައި ކަމުގައެވެ.
ފުލުހުން ބުނެފައިވަނ 2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ.
އަދި މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ. މިކަމުގެ މަޢުލޫމާތު މިހާރު އެމް.އެން.ޑީ.އެފް އާ ހިއްސާކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށާއި މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމަޢުލޫމާތެ
ކޮމެންޓު ފޮނުވާ