އިތުރު ހެއްކާއި ގަރީނާ ހުރެއްޖެނަމަ އަލީ ވަހީދަށް ފިޔަވަޅު އަޅާނެ: އެމްޑީޕީ

އިތުރު ހެއްކާއި ގަރީނާ ހުރެއްޖެނަމަ އަލީ ވަހީދަށް ފިޔަވަޅު އަޅާނެ: އެމްޑީޕީ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2024 01:02
0

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކާއި ގުޅޭ އިތުރ ހެއްކާއި ގަރީނާ ހުރެއްޖެނަމަ އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި އަލީ ވަހީދުގެ މައްޗަށް ކުރެވުނު ރޭޕް ތުހުމަތުތަކާއި ގުޅިގެން ރައީސް ސާލިހު އޭރުވަނީ އޭނާ ވަޒީރުކަމުން ވަކިކޮށްފައެވެ. އަދި އެ މައްސަލައާއި ގުޅޭ ތަހުގީގ ބަޔާންތައް ވަނީ މިހާރު ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައެވެ.

އަލީ ވަހީދު ގެންދަވަނީ އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވަމުންވެ.

އެ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކުކޮށްފައިވާއިރު، އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ.

އެ މައްސަލައިގެ އިތުރު ހެއްކެއް ހޯދި، ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެއްވެސް މަގެއް އަތުވެއްޖެ ހާލަތެއްގައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ.

އީސަ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.