މައުމޫން ވިދާޅުވަނީ މިރޭ ހަނދު ނުފެންނާނެ ކަމަށް، މާދަމާ ރޯދަ ހިފަން ޖެހޭނެ ކަމަށް

މައުމޫން ވިދާޅުވަނީ މިރޭ ހަނދު ނުފެންނާނެ ކަމަށް، މާދަމާ ރޯދަ ހިފަން ޖެހޭނެ ކަމަށް

Author
އަހުމަދު
08 އޭޕްރިލް 2024 05:09
0

މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށާއި، މާދަމާ ވާނީ ރަމަޟާން 30 އަށް ކަަމަށެވެ. މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން ފިތުރު އީދު ވާނީ އަންނަ ބުދަ ދުވަހަށެވެ.

މި އަހަރު ފިތުރު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މާލެ ސިޓީގައި އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވެސް ރާވާފައިވެއެވެ. އޭގެ ތެރޭގައި ފެން ކުޅި ކުޅުމާއި މާލި ޕެރޭޑާއި ސްޓޭޖް ޝޯ އަދި ހަވާ އެރުވުން ވެސް އޮންނާނެއެވެ.

މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ބުނެފައެވެ. ޝައްވާލު މަހު ހަނދު ފެނޭތޯ ބެލުމަށް ސައުދީ އަރަބިއްޔާގައި އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަަރީތަކުގައި ދުރުމި ބަހައްޓައިގެން ހަނދުމުގެ ފެނޭތޯ ނުޖޫމީ އިލްމުވެރިން އަންނަނީ ބަލަމުންނެވެ.

ހަނދު ބެލުމަކީ ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ.

ރާއްޖޭގައި ވެސް ހަނދު ބެލުން މިއަދު އިރުއޮއްސޭހާއިރު އޮންނާނެއެވެ. އަދި ހަނދާ ބެހޭ ގޮތުން ނިންމާ ގޮތެއް މިރޭ އިއުލާން ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.