މާލެ އަށް އެންމެ ހޫނު ގަދަވީ މިއަދު!

މާލެ އަށް އެންމެ ހޫނު ގަދަވީ މިއަދު!

Author
އަހުމަދު
03 އޭޕްރިލް 2024 04:21
0

މާލެ ސަރަހައްދަށް އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއީ މާލެ ސަރަހައްދުގައި އިހްސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހު އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްގައެވެ. އަދި މިދިޔަ އަހަރު ވެސް 45 ޑިގްރީ ސެލްސިއަސްއަކަށް ވުރެ މައްޗަކަށް ނުދެއެވެ.

އެކަމަކު، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) ގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 46.3 ޑިގްރީ ސެލްސިއަސްގައެވެ. ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.6 ޑިގްރީ ސެލްސިއަސްގައެވެ. އަދި ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައެވެ.

ރާއްޖެއަށް އާންމުކޮށް އެންމެ ހޫނު ގަދަވަނީ މާޗް މަހާއި އޭޕްރީލް މަހުގައެވެ. އެއީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނާއި އުޑުމަތީގައި ވަރަށް ބޮޑަށް ވިލާ މަދުވުމުގެ ސަބަބުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.