"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި "ހައުސިން ކޮމިޓީ" ޗެއަރކަމުންނާއި އަދި ކޮމިޓީންވެސް އަނީސާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ ކޮމިޓީގެ އާ ޗެއަރއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި "ހައުސިން ކޮމިޓީ" ޗެއަރއަކަށް އާމިނަތު އީނާސް ހަމަޖައްސަވާފައިވާއިރު، މިއަދު ހައުސިން މިނިސްޓްރީންވަނީ އެކޮމިޓީއަށް އިތުރު 3 މެމްބަރުން އައްޔަން ކޮށްފައެވެ.
"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ ކޮމެޓީއަށް ފަސް މެމްބަރުން އައްޔަނުކުރީ މިދިޔަ މަހުގެ 14ގަ އެވެ.
އެހެންނަމަވެސް، ކޮމިޓީ ޗެއަރއަކަށް އައްޔަން ކުރެއްވި އަނީސާ އަހުމަދު ވަނީ ސިއްޙީ ހާލަތު ހުރި ގޮތުން ކޮމިޓީން އިސްތިއުފާ ދެއްވާފައެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް ތިން މެމްބަރަކު އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ، މައުރޫފް ޖަމީލް އާއި ފާތުމަތު ސައީދާއި އާމިނަތު ޝާއިރާ އެވެ.
އެގޮތުން މިހާރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ:
1. އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)
2. އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)
3. މުހައްމަދު މައުރޫފް ޖަމީލް
4. އަހުމަދު އަލީމަނިކު
5. މަރްޔަމް ފިޒާނާ ރަޝީދު
6. ފާތިމަތު ސައީދު
7. އާމިނަތު ޝާއިރާ
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން "ހައުސިން ކޮމިޓީ" ފުރަތަމަ އުފެއްދީ ފަސް މެންބަރުން ހިމެނޭ ގޮތުންނެވެ.
އަދި އެއަށްފަހު، ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި "ހައުސިން ކޮމިޓީ"ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއްވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށްވެސް ހައުސިން މިނިސްޓްރީން އުފައްދާފައި ވެއެވެ.
އެހެންނަމަވެސް އެކޮމިޓީއުފެއްދެވީ މާލޭ ސިޓީ ކައުންސިލްގެ މަޝްވަރާ ނުހޯދާކަމަށް ބުނެ، މާލޭ ސިޓީގެ މޭޔަރުވަނީ އާ ކޮމިޓީއެއް އެކުލަވާލާފައެވެ.