މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަން ކުރުމަށް ފާސްކޮށްފި

މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަން ކުރުމަށް ފާސްކޮށްފި

Author
ހުސެއިން
27 މާރޗް 2024 04:39
0

ރައްޔިތުންގެ މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ސިފައިންގޭގައި ކުރިން މަސައްކަތް ކުރެއްވި ތޮލްހަތު ހަސަން (ގ. ސާޓަނުގެ) އައްޔަން ކުރުމަށް ފާސްކޮށްފިއެވެ.

އޭނާ ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ތޮލްހަތު ވަނީ ސްޓެލްކޯގެ ބޯޑުގައި ވެސް މަސައްކަތް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމް ހުސްކޮށް އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަލީމް މަޤާމުން ވަކިކޮށްފައިވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، 2022 ވަނަ އަހަރުގެ އޮގްސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަލީމް ސަސްޕެންޑްުކުރީ މަޖިލީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މުހައްމަދު ހަލީމް އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ. އޭގެ ކުރިން އޭނާއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.