މާފުށީގައި ބެހެއްޓި ކްރިސްޓްމަސް ގަހެއް ފުލުހުން ނަގައިފި

މާފުށީގައި ބެހެއްޓި ކްރިސްޓްމަސް ގަހެއް ފުލުހުން ނަގައިފި

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2020 04:45
0

މާލެ އަތޮޅު މާފުށީގައި ބަހައްޓަން އުޅުނު ކްރިސްޓްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ މާފުށީގައި ހިނގި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ ރޭ 20:30 ހާއިރު އެރަށުގައި ހިންގަމުން އަންނަ ކާނި ބީން ގެސްޓްހައުސް ކައިރީގައި ކްރިސްޓްމަސް ގަހެއް ބަހައްޓާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މިއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ފުށުއަރާކަމެއްކަމަށާއި، ފުލުހުން މެދުވެރިވެގެން އެގަސް ނަގާފައިވާކަމަށެވެ. އަދި ކޯޓް އަމަުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އެގަސް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފަތުރުވެރިކަން ކުރާ ރަށްރަށާއި، ގެސްޓްހައުސްތަކުގައިވެސް ދިވެހިންގެ ދީނީ އަގީދާއާއި ފުށުއަރާ ކަންކަން ކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.