އިންތިޚާބު ވުމަށްފަހު މެމްބަރުންކަމުން ވަކިކުރެވޭ ހާލަތްތަކެއް ބަޔާކުރާ އިސްލާހެ ގާނޫނީ އަސާސީއަށް!

އިންތިޚާބު ވުމަށްފަހު މެމްބަރުންކަމުން ވަކިކުރެވޭ ހާލަތްތަކެއް ބަޔާކުރާ އިސްލާހެ ގާނޫނީ އަސާސީއަށް!

Author
ހުސެއިން
26 މާރޗް 2024 05:25
0

އިންތިޚާބު ވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމުން ވަކިކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދުއެވެ. އޭނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި މެމްބަރުކަމުން ވަކިވާނެ ހާލަތައް ބަޔާން ކޮށްފައިވާ ގޮތްތައް:

  • އަމިއްލަ އިސްނެގުމަށް އިންތިހާބުވީ ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުން
  • އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން
  • ޕާޓީއެއްގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުވީ ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން
  • އިންތިހާބުވީ ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރުކަމުން ވަކިކުރާ ހާލަތުގައި, މެމްބަރު އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން މެމްބަރު އެ މަގާމުން ވަކިކުރުމަށް ނިންމުން
  • މެމްބަރު ވަކިކުރުމަށް ދާއިރާގެ ޖުމުލަ އާބާދީގެ ވަކި އިންސައްތައެއްގެ މީހުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ދިރާސާކޮށް, މެމްބަރު މަގާމުން ވަކިކުރުމަށް ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި, ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެމްބަރަކު މަގާމުން ވަކިކުރުމަށް ނިންމުމެވެ.

އިންތިޚާބު ވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމުން ވަކިކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލެއް އެމްޑީޕީންވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެހެންނަމެވެސް އެ ބިލުގެ މަސައްކަތް އަދިވެސް ވަނީ ވަގުތީ ކޮމިޓީގެ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.