ޑްރޯން ގަތް އަގު 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި ހާމަ ކުރެވިދާނެ: ޢައްސާން

ޑްރޯން ގަތް އަގު 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި ހާމަ ކުރެވިދާނެ: ޢައްސާން

Author
ހުސެއިން
25 މާރޗް 2024 12:49
0

ރާއްގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީވިލާތުން ގަތް ޑްރޯންތަކުގެ އަގު 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި ހަމަކުރެވިދާނެ ކަމުގައި ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޢައްސާން މައުމޫން މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިފަހަރަށް އެރި މައްސަލާގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އޭނަ ހާޒިރުކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޢައްސާން ވިދާޅުވީ ތުރުކީ ވިލާތުން ހޯދި ޔޫއޭވީތައް ހޯދީ ގާނޫނު އަސާސީއާއި ގަވާދުތަކުން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަމެއް ކަށަވަރު ކުރުމަށް ފަހު ކަމަށާއި، ހުރިހާ އުސޫތަކަށް އަމަލު ކޮށްފައި ވާނޭ ކަމުގައެވެ. އަދި އެކަންކަން ލިޔެކިޔުންތަކުން ފެންނަން ހުންނާނޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަހުގީގީ އިދާރާތަކުން އެ ލިޔެކިޔުންތައް ބަލަން ބޭނުންވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ.

ނަމަވެސް މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން އެއީ ކުރާ ކަމެއް ނޫން، އެހެންކަމުން އެ މައުލޫމާތު މިތަނުގައި އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެނަށް ހާމަކުރެވިދާނެ.

ގައްސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.