ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީން ޑީޕޯޓް ކޮށްލަނީ

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީން ޑީޕޯޓް ކޮށްލަނީ

Author
ހުސެއިން
15 މާރޗް 2024 10:05
0

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކުުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަމްޢާން ވިދާޅުވެފައިވާ ގޮތުގައި ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

މިކަމާއި ގުޅޭގޮތުން އިމިގްރޭޝަނުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަނީ، ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ' އިން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ޚާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން މި މަހުގެ ނުވަވަނަ ދުވަހު ހިންގައިފައި ވާކަމަށެވެ.

އެގޮތުން މ. ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީނ،ް
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން އިމިގްރޭޝަނަށް ފާހަގަކުރެވ،ި އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެ ބަޔާނުގައިވެއެވެ.

އަދި މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައިވާ ގޮތުން މި އޮޕަރޭޝަންގައި ޖުމްލަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެތެރޭގައ،ި ސައްހަ ވީޒާއެއް
ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއ،ި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

މި ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.

އޭގެ ތެރެއިން އެކި ކުށްތަކުގައި ޝާމިލުވާ ބިދޭސީންވަނީ ފާހަގަކުރެވިފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމުވެފައި އޮތް ކަމެކެވެ. އަދި މިކަމުގެ ތެރޭގައި ގިނައިން ހަރަކާތްތެރިވަނީވެސް ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.