ސުކޫލްތަކުގެ އިމްތިހާނު ބާއްވާ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީޚާ ދިމާވާތީ، ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު އަވަސްކޮށްފި އެވެ.
ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ނަމަ، ގްރޭދް 7، 8 އަދި 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައިވަނީ އޭޕްރިލް 16 އިން 27 އާއި ދެމެދުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަކީ 21 އޭޕްރިލް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، ސުކޫލްތަކުގެ ފަހު އިމްތިހާން ފަށާ ދުވަހަށް ބަދަލުގެނެވިފައިވާ ކަމަށެވެ.
އެގޮތުން އިމްތިހާނު ބާއްވަން ނިންމާފައިވަނީ މިމަހުގެ 27 އިން އޭޕްރީލް މަހުގެ 25 އާ ދެމެދު، ރަސްމީ ދުވަސްތަކުގައި ކަމަށް އެކިއުކޭޝަން މިނިސްޓްރީން ސުކޫލްތަކަށް ވަނީ އަންގާފަ އެވެ.
މަޖިލިސް އިންތިހާބު އޭޕްރިލް މަހުގެ 21 ގައި ބާއްވާނަމަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުކޫލްތަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ އެކު މަޝްވަރާކޮށްގެން ކުރިއަށްގެންދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ