މޯލްޑިވިއަންއިން އެތެރޭގެ ހުރިހާ ރޫޓަކަށް ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފި

މޯލްޑިވިއަންއިން އެތެރޭގެ ހުރިހާ ރޫޓަކަށް ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފި

Author
ހުސެއިން
14 މާރޗް 2024 05:28
0

މޯލްޑިވިއަންއިން އެތެރޭގެ ހުރިހާ ރޫޓެއްގައި ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފިއެވެ.

އެ އެއަރލައިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރޫޓެއްގައި ޕްރޮމޯޝަނަލް އަގުތައް ތައާރަފްކުރަން ފެށުމަކީ މޯލްޑިވިއަންއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

މި އެކްސްކްލޫސިވް އަގުތަކުގެ ސަބަބުން ފަސިންޖަރުންނަށް ރާއްޖެ ތެރޭގައި ދަތުރުކުރުމުގައި ތަފާތު އަގުތަކާއިއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައެވެ.

އަޅުގަނޑުމެންގެ ވެބްސައިޓް (www.maldivian.aero) އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބުކިން ހެދޭނެ.

މޯލްޑީވިއަންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގެ އަގަށް އަމަލުކުރާނީ ތިރީގައި މިވާ ޝެޑިއުލްއާ އެއްގޮތަށެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ ދަރަވަންދޫ އާއި މަޑިވަރުގެ ޕްރޮމޯޝަނަލް އަގުތަކުގައި މިހާރުވެސް ޓިކެޓް ލިބެންހުންނާނެ ކަމުގައެވެ. މޯލްޑިވިއަން އިން ވަނީ މި ޕްރޮމޯޝަނަލް އަގުތަކުގައި ދަތުރުވެރިން ބޭނުންވާ ދަތުރުތައް ކަށަވަރު ކުރުމަށް އަވަހަށް ބުކިންގ ހެދުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ 16 މަންޒިލަކަށް ހިދުމަތް ދެމުން މޯލްޑިވިއަން އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތް ފޯރުކޮށް ދިނުމަށްކަމަށް އެ އެއަރލައިންއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.