ޗަމްޕާ ބްރަދާސް އިން ރައްޔިތުންނަށް ހަދިޔާކުރި ކާށި، ފިޔާ އަދި ކަރާ މިއަދު ބަހަން ފަށަނީ

ޗަމްޕާ ބްރަދާސް އިން ރައްޔިތުންނަށް ހަދިޔާކުރި ކާށި، ފިޔާ އަދި ކަރާ މިއަދު ބަހަން ފަށަނީ

ޗަމްޕާ ބްރަދާސް އިން ރައްޔިތުންނަށް ހަދިޔާކުރި ކާށި، ފިޔާ އަދި ކަރާ މިރޭ ބަހަން ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ތަކެތި މިރެއިން ފެށިގެން ކޮންމެ ރެއަކު 9:00 އިން ފެށިގެން 12:00 ދޫކުރަމުން ގެންދާނެ ކަމަށެވެ. އެތަކެތި ލިބޭ ގޮތަށް ހަމަޖައްސާފައިވަނީ އައިޑީކާޑު ހިފައިގެން ދިއުމުންނެވެ.

ޗަމްޕާ ބްރަދާސްއިން އިން ވަނީ 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ސިޓީކައުންސިލާ ހަވާލުކޮށްފައެވެ.

ޗަމްޕާ ބްރާދާސްއިން ވަނީ މިދިޔަ އަހަރުވެސް ދިވެހިންނަށް ރޯދާ ހަދިޔާ ބަހާފައި އެވެ. އެގޮތުން މިދިޔަ އަހަރުވެސް މި ތަކެތި ބެހުމަށް ހަވާލުކުރީ މާލެ ސިޓީ ކައުންސިލާއި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *