ވޯޓު ފޮށި ބެހެއްޓޭވަރަށް މިހާތަނަށް ރީރަޖިސްޓަރ ކޮށްފައިވަނީ އެންމެ ދެ ގައުމެއްގަ

ވޯޓު ފޮށި ބެހެއްޓޭވަރަށް މިހާތަނަށް ރީރަޖިސްޓަރ ކޮށްފައިވަނީ އެންމެ ދެ ގައުމެއްގަ

Author
ހުސެއިން
13 މާރޗް 2024 12:53
0

އިއްޔެ މެންދުރާ ހަމައަށް، ރާއްޖެއިން ބޭރުގައި ވޯޓުލާން ރީރަޖިސްޓްރީ ކުރީ 656 މީހުންކަމަށާއި، ވޯޓު ފޮށި ބެހެއްޓޭވަރަށް މިހާތަނަށް ރީރަޖިސްޓަރ ކޮށްފައިވަނީ އެންމެ ދެ ގައުމެއްގައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންއިްނ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓްފޮށި ބަހައްޓަން ނިންމީ ހަ ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ތައިލޭންޑް، ޔޫއޭއީ އަދި އިނގިރޭސިވިލާތެވެ. މިއިން ކޮންމެ ގައުމެއްގައި ވޯޓްފޮށި ބަހައްޓާނީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްރީވެއްޖެ ނަމަ އެވެ.

ނަމަވެސް މިހާތަނަށް އެ އަދަދު ހަމަވީ އެންމެ ދެ ގައުމެއްގަ އެވެ. އެއީ ލަންކާ އާއި މެލޭޝިއާއިންނެވެ. އިއްޔެއާ ހަމައަށް ލަންކާ އިން 206 މީހަކު ރަޖިސްޓްރީކޮށްފައިވާ އިރު، މެލޭޝިއާ އިން 385 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ. އިއްޔެއާ ހަމައަށް އިނގިރޭސިވިލާތުން 31، އިންޑިއާ އިން 24، ޔޫއޭއީ އިން ހައެއް އަދި ތައިލޭންޑުން ރަޖިސްޓްރީކޮށްފައި ވަނީ އެންމެ ހަތަރު މީހުންނެވެ.

އީސީން ބުނެފައިވަނީ  އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓްފޮށި ބަހައްޓަން ނިންމި ގައުމުތަކުގައި ވޯޓްލާން ރަޖިސްޓްރީވާ މީހުން އަދިވެސް ވަރަށް މަދު ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. ވިހި ވަނަ މަޖިލީހުގެ 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.