ލެވަންޑޯސްކީ އެވޯޑް ހޯދީ 14 ޕޮއިންޓުގެ ތަފާތުން، ހަތަރު ގައުމެއްގެ ވޯޓް ނޭމާއަށް

ލެވަންޑޯސްކީ އެވޯޑް ހޯދީ 14 ޕޮއިންޓުގެ ތަފާތުން، ހަތަރު ގައުމެއްގެ ވޯޓް ނޭމާއަށް

Author
އިބްރާހީމް ސާޢިދު
18 ޑިސެމްބަރ 2020 09:38
0

ފީފާއަށް ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާ މަގާމް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކުރީ 14 ޕޮއިންޓުގެ ތަފާތުކަން ނަތިޖާއިން ދައްކައިފިއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ލެވަންޑޯސްކީ ހޯދީ 52 ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ރޮނާލްޑޯއަށް ލިބުނީ 38 ޕޮއިންޓެވެ. ތިންވަނައަށް ދިޔަ މެސީއަށް ލިބުނީ 35 ޕޮއިންޓެވެ. ފީފާ ބެސްޓް އެވޯޑް ހޮވަނީ ދުނިޔެއިން ހޮވާލެވޭ 200 ވުރެ ގިނަ ކުޅިވަރު ނޫސްވެރިންނާއި ގައުމުތަކުގެ ކެޕްޓަނުންގެ ވޯޓަކުންނެވެ.

ބްރެޒިލްގެ ނޭމާ އަށް ހަތަރު ގައުމެއްގެ ކެޕްޓަނުން ވޯޓް ދީފަވާއިރު އެގަމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، އާޖެންޓީނާ، ޕެރަގުއާއީ ގެ އިތުރުން އުތުރުކޮރެޔާއެވެ. އިނގިރޭސި ލިގުން ފަސް ކުޅުންތެރިޔަކު އެވޯޑުގެ ގަދަ 10 ގައި ވާދަކުރި އިރު އެންމެ ގިނަ ޕޮއިންޓް ލިބުނީ ލިވަޕޫލަށް ކުޅެމުންއަންނަ ސާޑިއޯ މާނޭ އަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ޔާގޮން ކުލޮޕް އާއި ބަޔާންމިއުނިކްގެ ކޯޗު ހެންސީ ފިލިކް 24 ޕޮއިންޓުން އެއްވަރުވިއިރު ކުލޮޕްއަށް އެވޯޑް ލިބުނީ ވޯޓްލީ ގައުމީ ޓީމުތަކުގެ ކޯޗުންގެ ވޯޓާއެކުއެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ އެއްވަނަ ނޭމާ އަށް ދިންއިރު ދެވަނަ ދީފަވަނީ އެމްބާޕޭއަށް. ތިންވަނަ ވޯޓް މެސީ ދިނީ ލެވަންޑޯސްކީއަށެވެ. އިނގިރޭސި ކެޕްޓަން ހެރީކޭން ވޯޓް ދިނީ ލެވަންޑޯސްކީއަށް ދިންއިރު ދެވަނަ ދިނީ ޑިބުރޭނާއަށެވެ. ތިންވަނަ ވޯޓް ކީން ދީފަވަނީ މެސީއަށެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވެސް ލެވަންޑޯސްކީއަށް ވޯޓުދިން އިރު ދެވަނަ މެސީ އަށް އަދި ތިންވަނަ ދީފަވަނީ އެމްބާޕޭއަށެވެ. ބެލްޖިއަމް ކެޕްޓަން ހަޒާޑްވެސް ވޯޓް ދީފަވަނީ ލެވަންޑޯސްކީއަށެވެ. އޭނާ ދެވަނަ ރާމޯސް އަށް ދިންއިރު ތިންވަނަ ދީފަވަނީ ޑިބުރޭނާއަށެވެ.

ޖަރުމަނު ކެޕްޓަން މެނުއަލް ނޯޔާގެ އެއްވަނަ ވޯޓް ލެވަންޑޯސްކީއަށް ދިންއިރު ދެވަނަ ޑިބުރޭނާ އަދި ތިންވަނަ ދީފަވަނީ އެކުގައި މިދިޔަ ސީޒަނާހަމަޔަށް ޖަރުމަނުގެ ބަޔާންމިއުނިކަށް ކުޅުނު ތިއާގޯ އަލްކާންޓްރާއަށެވެ. ފްރާންސް ކެޕްޓަން ހޫގޯ ލޮރިސްވެސް ވޯޓް ދީފަވަނީ ލެވަންޑޯސްކީއަށާއި، ދެވަނަ ވޯޓް ތިއާގޯ އަދި ތިންވަނަ ވޯޓް ދިނީ އެމްބާޕޭއަށެވެ. ނެދަލޭންޑްގެ ކެޕްޓަން ވާގިލް ވެންޑައިކް ލިވަޕޫލް ކުޅުންތެރިންނަށް ވޯޓް ދިންއިރު އެއްވަނައަށް ވެންޑައިކް ވޯޓް ދީފައިވަނީ ސާޑިއޯ މާނޭއަށެވެ. ދެވަނަ ސަލާހް އަށް ދިންއިރު ތިންވަނަ ދީފަވަނީ ތިއާގޯއަށެވެ.

އެވޯޑް ހޯދީ ލެވަންޑޯސްކީ ވޯޓްދިނީ ތިއާގޯއަށެވެ. ދެވަނަ ނޭމާއަށް ދިންއިރު ތިންވަނަ ވޯޓް ދިނީ ޑިބުރޭނާއަށެވެ. ބްރެޒިލްގެ ތިއާގޯ ސިލްވާގެ ވޯޓް ނޭމާއަށް ދިންއިރު ދެވަނައަށް ވޯޓް ދީފަވަނީ އެމްބާޕޭއަށް އަދި ތިންވަނަ ވޯޓް ދީފަވަނީ ލެވަންޑޯސްކީއަށެވެ. ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އެއްވަނަ ވޯޓް ލެވަންޑޯސްކީ އަށް ދިންއިރު ދެވަނަވޯޓް ތިއޯގާ އަދި ތިންވަނަ ވޯޓް ދީފަވަނީ ނޭމާއަށެވެ.

މި ވޯޓް އެންމެ ފާހަގަކޮއްލެވޭ ކަމަކަށް ބަލާއިރު ހުސްވި އަހަރުގެ މި އެވޯޑުގައި މެސީގެ ދެވަނަ ވޯޓް ރޮނާލްޑޯއަށް ދިންއިރު ރޮނާލްޑޯ މިދިޔައަހަރުގެ އެވޯޑްގައި މެސީއަށް ވޯޓް ދީފައެއްނުވެއެވެ. މިފަހަރުގެ އެވޯޑްގައި ރޮނާލްޑޯ މެސީއަށް ދެވަނަ ވޯޓް ދިންއިރު މެސީ ރޮނާލްޑޯއަށް ވޯޓް ދީފައެއްނުވެއެވެ. ހަފަހަރު މި އެވޯޑް މެސީ ހޯދާފައިވާއިރު ރޮނާލްޑޯ އެވޯޑް ގެންގޮސްފަވަނީ ފަސްފަހަރުއެވެ. މިއީ މި އެވޯޑް ލެވަންޑޯސްކީ އުފުލާލި ފުރަތަމަފަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.