އީދު ނަމާދު ކުރާ ގަޑި 7:00 އަށް ބަދަލު ކުރުމަށް މަޝްވަރާތައް ކުރިޔަށް ގެންދަމުންދާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އާންމުކޮށް އީދު ނަމާދު ކުރަނީ ހެނދުނު 7:30ގައި ކަަމަށާއި، އެއީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ގޮތް ކަމަށެވެ.
އަޅުގަނޑުމެން ހަނދާން ހުންނަ އިރުއްސުރެ އެކަން ހަމަޖެހިފައި އޮތް ގޮތް އެއީ، 7:30ގައި ނަމާދު ކުރާ ގޮތަށް، އެކަން އެހެން ހަމަޖެހިފައި އޮތީ ރާއްޖޭގައި މިހާތަނަށް މިސްކިތްތަކުގައި އެތެރޭގެ އީދު ނަމާދު ކުރުން އޮންނާތީވެ، އޭގެ ވާހަކަ މާބޮޑަށް ނުދެކެވެނީ.
ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ކުރިއާއި ޚިލާފަށް މިހާރު ބޮޑެތި ޖަމާއަތްތަކުގައި މިސްކިތުން ބޭރުގައި އީދުނަމާދު ކުރަަން ފަށާފައިވާކަމަށާއި، ވަގުތާއި ދިމާވާގޮތުން ޖަމާއަތުގައި ތިބޭ މީހުން ޚުޡުބާ ނިމޭއިރު ދާހިއްލާ ފޯވެފައި ތިބޭކަމުގައެވެ.
އެހެންވީމަ ވަރަށް ގިނަފަހަރު ހުތުބާ ނިމޭއިރު ހުންނާނީ ދާހިތްލާ ފޯވެފައި. އެހެންކަމުން މި ގަޑިއަށް ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެން ވަނީ މިހާރު މަޝްވަރާތަކެއް ފަށާފައި، އަޅުގަނޑު ވާނީ މިހާރު ދަންނަވާފައި ކަމާއި ބެހޭ ޑިޕާޓްމެންޓަށްވެސް ފަލަކީ ކޮމެޓީގެ ރައުޔެއްވެސް އަޅުގަނޑުމެންނަށް ހޯދަލައްވާށޭ، އަޅުގަނޑުމެން މިވަރުގެ މުހިންމު ނިންމުމެއް ނިންމާއިރުގައި ހުރިހާ ބޭފުޅުންނާއިވެސް މަޝްވަރާ ކުރުމުގެ ގޮތުން.
ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިވަރުގެ ކަމެއް ނިންމަވާއިރު ގިނަ ބެއްގެ މަޝްވަރާ ހޯއްދަވާނެކަމަށާއި، މިހާތަނަށް މަޝްވަރާ ކުރެވުނު ހުރިހާ ފަރާތްތަކުންވެސް އީދު ނަމާދުކުރާ ގަޑި މިހާރުގެ ގަޑިއަށްވުރެ އަވަސްކުރަން އިއްތިފާގުވާ ކަަމަށެވެ.
މިހާތަނަށް މަޝްވަރާ ކުރެވުނު ހުރިހާ ބޭފުޅުންނަށްވެސް އިއްތިފާގުވެވޭ އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި، މިހާރު މި އޮތް ވަގުތަށް ވުރެ އަވަސް ކުރުމަށް، އެހެންކަމުން އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ދަނީ އީދު ނަމާދު ނަމާދު ފަށާ ގަޑި 7:00 ޖަހާއިރު ފެށުމާއި ގުޅޭގޮތުން.
ޑރ. ޝަހީމް ވިދާޅުވީ އެހެންމަވެސް އަދި މިކަމާިއ ގުޅޭގޮތުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ކޮމެންޓު ފޮނުވާ