ރޯދައަށް ގޭގެއަށް ބަހާ ކާޑު ދޫކުރަން ފަށައިފި

ރޯދައަށް ގޭގެއަށް ބަހާ ކާޑު ދޫކުރަން ފަށައިފި

Author
ހުސެއިން
09 މާރޗް 2024 11:21
0

ސަރުކާާރުން ކުރިޔަށް އޮތް ރޯދަމަހު ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ މާލެއާއި ރާއްޖޭގެ ރަށްތަކުގައި ގޭބިސީތަކަށް ބަހަން ފަށައިފިއެވެ.

އެސްޓީއޯއިން ކުރިން ބުނެފައިވަނީ ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިކަމަށް އެކަށޭނަ މުދާ މިހާރުވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައި ކަމަށެވެ.

ކާޑު މިއަދު ބަހަމުން ދަނީ މާލޭ ސިޓީގެ 7 ތަނަކުންނެވެ.

އެ ތަންތަނަކީ:

  1. މާލެ : ގަލޮޅު ދަނޑު, މާލެ ސިޓީ ކައުންސިލް , ސޯޝަލް ސެންޓަރ
  2. ވިލިމާލެ: ބިއްރި މިސްކިތް ހޯލް
  3. ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގ
  4. ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

ކާޑު ބެނުން ކުރިއަށްދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބަޔަކު ގުޅިގެންނެވެ.

ރަށްތަކުގައި ކާޑޫ ބެހުމުގެ މަސައްކަތް ކުރިޔަށްދަނީ ކައުންސިލް ތަކުންނެވެ.

މާލެ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2024 އިން ފެށިގެން ހަތްދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

ރޯދަ ހަދިޔާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.