ޖިންސީ ހަމަހަމަކަން ގާއިމްކޮށް، އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށް ގާސިމް ގޮވާލައްވައިފި

ޖިންސީ ހަމަހަމަކަން ގާއިމްކޮށް، އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށް ގާސިމް ގޮވާލައްވައިފި

Author
ހުސެއިން
08 މާރޗް 2024 10:33
0

ކެތްތެރިކަމާއެކު ހުރަސްތައް ގިރާކޮށް، އަންނަން އޮތް ޖީލުތަކަށް މަގުތައް ދައްކާ ހިތްވަރުގަދަ، ކެތްތެރި، އަދި އިންސްޕަޔަރ ކުރާ އަންހެނުންނަށް ޝުކުރު އަދާކޮށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ބަައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވައިފިއެވެ.

ގާސިލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެންމެން އެކުގައި އަންހެނުންގެ އާދަޔާ ހިލާފު ޙިއްޞާތައް ފާހަގަކޮށް، ޖިންސީ ހަމަހަމަކަން ގާއިމްވެފައިވާ ދުނިޔެއަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ 2024 ގެ ތީމް "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް" ގައި އިގްތިސާދީ ގޮތުން ބާރުވެރި ނުވުން ހައްލުކުރުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލާފައިވާއިރު، ކެމްޕޭން ތީމް "އިންސްޕަޔަރ އިންކްލޫޝަން"  މުޖުތަމައުގެ ކޮންމެ ދާއިރާއެއްގައި ވެސް ތަފާތުކަމެއް ނެތި އެންމެން އެއްހަމައެއްގައި ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަވާކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

އަޅުގަނޑުމެން ހަގީގަތުގައި ކުރިއެރުމާއި ތަރައްޤީ ހޯދުމަށް އުންމީދުކުރާނަމަ، އަންހެނުންނަށް އިންވެސްޓް ކުރުމަށް ފުދޭވަރަކަށް ފުރުޞަތުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެކެވެ.

ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅިވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.