އުރީދޫންއިން ހިއްސާއަކަށް 3.27ރ. ބަހަން ނިންމައިފި

އުރީދޫންއިން ހިއްސާއަކަށް 3.27ރ. ބަހަން ނިންމައިފި

Author
ހުސެއިން
08 މާރޗް 2024 11:40
0

އުރީދޫންއިން އެކުންފުނީގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ސެންޓްރަލް ޕާކްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. ހިއްސާގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.

އެގޮތުން ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާއިން ނިންމާފައި ވެއެވެ. މިއީ ފާއިތުވި އަހަރު އެކުންފުންޏަށް ލިބުނު 685 މިލިއަން ރުފިޔާއި ބަހަން ނިންމާފައިވާ ފައިދާއެވެ.

ފާއިތުވި އަހަރު އެކުންފުންޏަށް ލިބު އަމާދަނީއަކީ އޭގެ ކުރީ އަހަރަށްވުރެ 125 މިލިއަން ރުދިޔާ އިތުރު އަދަދެކެވެ.

މިޖަލްސާގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ޚާލިދު ހަސަން އެމް އޭ އަލްހަމާދީއާއި ބޯޑު ޑިރެކްޓަރު އަދި ފައިނޭޝަލް އޮފީޝަރު ސުރޭޝް ކަލްޕަތި އަދި ބޯޑު ޑިރެކްޓަރު މޮޒާ އެމް ޑާވިޝް ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގައި، 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރަން ހިއްސާދާރުން އޮންލައިންކޮށް ވޯޓް ލާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.