ދޮގު ފެތުުރުމަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދޮގު ފެތުުރުމަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

Author
ހުސެއިން
04 މާރޗް 2024 11:17
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބު ކުރެވިފައިވާ ކަމަށާއި، އެހެންނަމެވެސް ހަގީގަތާއި ޚިލާފް ވާހަކަ ދައްކާ ފަރާތްތަކުން އަދިވެސް އެކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރެއްގެ ނަމުގައި މާޅޮސް މަޑުލަށް ކުރައްވާ ކެމްޕޭން ދަތުރުގައި ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމުގެ މަސައްކަތް އޮތީ ކާމިޔާބުވެފައި ކަމަށެވެ. އެއާ އެކު ތަކުރާރުކުރެއްވީ އިންޑިއާ ސިފައިން ފައިބާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރިން ވެސް ދެއްވާފައިވާ ތާވަލެވެ. އެއީ މާޗް 10، ގައި އެއް ބެޗް ފޭބުމާއި މޭ 10، ގެ ކުރިން އަނެއް ބެޗް ފޭބުމެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެހެންނަމަވެސް، ފާޑުކިޔާ މީހުން ބުނަމުންދަނީ މަދަނީ މީހުންގެ ނަމުގައި "ކުލަ ހެދުމުގައި" އިންޑިއާއިން އަންނާނެކަމަށް ކަމަށާއި، ދޮގު ހަދާމީހުން އާދަވެފައިވަނީ ދޮގު ވާހަކަތައް ފެތުރުމަށް ކަމަށެވެ. އަދި ރައީސް ވަނީ ދޮގު ވާހަކަތައް ފެތުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.

ދެން މިކަން ވެސް އަޅުގަނޑުމެންނަށް ކުރެވޭތީ އަނެއްކާ ވެސް ދޮގުހަދާ މީހުންނަށް މި އާދަވެފައި ހުންނަނީ ދޮގު ހަަދަން. އެމީހުން އެ ފައިބަނީއެއް ނޫނޭ، ޔުނިފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކުއުފައްދައި، ދޮގު ފެތުުރުމަކީ އަޅުގަނޑުމެން ފުރުސަތު ދީގެން ވާނެކަމެއް ނޫން.

ރައީސް ވިދާޅުވި އެެވެ.

ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު އެދިވަޑައިގެންނެވީ "ލޯކުރިމަތިން ފެންނަ ހަގީގަތް" ގަބޫލުކުރާ ބަޔަަކަށް ވުމަށެވެ. ކަމަކާ ބެހޭ ގޮތުން އެމަނިކުފާނު ވާހަކައެއް ދައްކަވާ ނަމަ އެ ވާހަކައެއް ދައްކަވާނީ ކަންކުރައްވާ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.