ހ. ސަންގުރޭޒްގެ އިމާރާތުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއަކާއި ދެ ދިވެއްސަކަށް އަނިޔާވެ ފަރުވާ ދެމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ރޯވި ގެއިން ނުކުންނަން އުޅުމުގެ ތެރޭގައި ބިދޭސީއެއްގެ ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާވިއިރު، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް ދުމުގެ އަސަރުކޮށްފައިވާކަމަށް ބެލެވޭތީ، ރެޑް ކްރޮސެންޓުގެ އެމްބިއުލަންސްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމުގައެވެ.
ހ. ސަންގުރޭޒްގޭގައި ރޯވީ އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުންކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އިބުރާހީމީ މިސްކިތް ކައިރީގައި ހުންނަ ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން މިހާރުނކޮންޓްރޯލް ކުރެވިފައިވަނީ އަލިފާން ރޯވިތާ ބައި ގަޑިއެއްހާއިރު ފަހުންނެވެ. އެގޮތުން، އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން، 18:23ހާއިރު އަލިފާން ކޮންޓްރޯލްކުރެވުނު ކަމަށެވެ.
ރޯވެފައި ވަނީ ބިދޭސީން އުޅޭ ތަނެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މަޖީދީމަގު ފަސޭހަ ޕޮއިންޓް ހޮޓާ ކައިރީ ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފެށީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 18:07 ހާއިރު ލިބުމުން ކަމުގައެވެ.
މަންޒަރުދުށް ބައެއް މީހުން ބުނެފައިވަނީއި ރޯވި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބޭކަރީގައި ވަަރަށް ބޮޑަށް ރޯވެ އަނދާފައިވާ ކަމަށާއި، އެތަނުގެ ތެރެއިން އެވަގުތު ވަރަށް ބާރު ގޮވުންތަކެއްގެ އަޑު އިވެމުން ގޮސްފައިވާ ކަަމަށެވެ.
ކޮމެންޓު ފޮނުވާ