އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ 'ފަޔަރ ޕްރިވެންޝަން ވީކް 2024′ ގެ އިވެންޓެއް މާލޭ ރަސްފަންނުގައާއި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބާއްވައިފިއެވެ.
މި އަހަރުގެ ފެބުރުވަރީ 25 އިން މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް، އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެލައްވައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ވިލާ ގޭސް، ދިރާގު، މޯލްޑިވް ގޭސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޮޕަރޭޝަންގެ ފަރާތުން ވަނީ އަގުހުރި އިނާމްތަކެއް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ