ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީ

Author
ހުސެއިން
02 މާރޗް 2024 08:15
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތް ރޯދައިގެ ކުރިން އަންނަ ހަފްތާގައި ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ 5 ފަރާތަކުން މިސްކިތްތައް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފޭސްގައި ބިނާކުރާ އެންމެ ބޮޑު އެއް މިސްކިތް ކަމަށާއި، މި މިސްކިތުގައި އަންނަ ރޯދަމަހު ތަރާވީހު ނަމާދާއި ދަމުނަމާދުވެސް ކުރާނެ ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ އެ ފޭސްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޢިލްމީ ފަރާތްތައްކަމަށާއި ޚާއްސަކޮށް ޙާފިޒުންނަށް އިސްކަން ދެއްވައިގެން ކަމުގައެވެ.

މި ރޯދަމަހަށް ނުނިމި ހުރި ތަންތަން ދެން އަންނަ ރޯދަމަހެއްގެ ކުރިން ނިންމާނަން. މިސްކިތްތަކުގެ ވަރަށް ބޮޑެތި މަޝްރޫޢުތައް ކުރިއަށް އެބަދޭ. ދަތިތަކާއެކުވެސް ކުންފުނިތަކުން އެ މަސައްކަތްތައް ކުރަމުން އެބަގެންދޭ.

ޝަހީމް ވިދާޅުވިއެވެ.

މި މިސްކިތުގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.