މަޖިލިހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން ނިންމާފައިވާ ނިންމުންތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ: ރައީސް

މަޖިލިހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން ނިންމާފައިވާ ނިންމުންތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ: ރައީސް

މަޖިލިހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުން ކަމަށް ބަލައިގެން ނިންމާފައިވާ ނިންމުންތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަޖިލިހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ވާނެ ކަމަށާއި، މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ކަމުގައެވެ. އެހެންކަމުން މަޖިލިހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުން ކަމަށް ބަލައިގެން މިހާރު ފާސްކޮށްފައިވާ ބިލުގެ ސައްހަކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް މިހާރު އެދިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ވާނެ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ އެންމެ ތަންފުކެއް ވެސް ހިލާފު ނުވާނަން. އެހެންވީމަ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލަ އާއި އޭގެ ކުރީގެ މައްސަލަތައް ނިންމާފައި ހުރެއްޖެ ނަމަ، އެ ނިންމި މައްސަލަތަކާ މެދުގައި ގާނޫނީ ހައިސިއްޔަތާ މެދުގައި ސުވާލު އެބަ އުފެދޭ.

ރައީސް ވިދާޅުވިއެވެ.

މިއަދު ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ކުރައްވާ ހުރިހާ ކަމެއްވެސް ކުރައްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާއަށް ތަސްދީގުކުރުން މަޖުބޫރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ބަންޑާރަނައިބުގެ ލަފާ ހޯއްދަވަން ޖެހިވަޑައިގަތް ސަބަބެއްގެ ކަމުގައި ރައީސް މުއިއްޒު ފާހަގަ ކުރެއްވީ މިއަދު ސުޕްރިމް ކޯޓުން އިއްވި ހުކުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *