ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި ހުންނަ، އުމުރުން 400 އަހަރުވީ ކަމަށް ބުނާ ތާރީޚީ ކާނި ގަހުގައި ރޯ ކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުން މިއަދު ބުނެފި އެވެ.
އެތައް ސަތޭކަ އަހަރެއްވީ ކަމަށް ބެލެވޭ، ދިވެހިންގެ ތާރީޚީ މުހިންމު ހާދިސާއާއި ގުޅުންހުރި ތަރިކައެއްގައި ރޯކޮށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުން ބުނެފައިވަނީ ބާރަށު ކައުންސިލާ ގުޅިގެން އެ ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން މި މައްސަލަ ބައްލަވައިދެއްވުމަށް އެދި މި މަރުކަޒުން މިހާރު ވާނީ ރަސްމީކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފަ.
ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުން ނެރުނު ބަޔާނުގައިވެ އެވެ.
މަރުކަޒުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިކަމުގައި ޒިންމާވާ ފަރާތަކާ މެދު ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ މަސައްކަތް މި މަރުކަޒުން ކުރާނެ ކަމުގައެވެ.
މިކަމުގައި ޒިންމާވާ ފަރާތަކާ މެދު ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ މަސައްކަތް މި މަރުކަޒުން ކުރާނެ ވާހަކަ ދަންނަވަން.
މަރުކަޒުގެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވާގޮތުން އެފަދަ ތަރިކައަކަށް ގެއްލުން ދިނުމުގެ އަދަބަކީ އެ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ބަލައި، -/10,000 (ދިހަހާސް) ރުފިޔާއާއި -/1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގައި އެ ކުށަކަށް އަދަބު ކަނޑައެޅިފައިވާ ނަމަ ޖިނާއީ އަދަބެއް ވެސް ދެވޭނެ އެވެ.
ގޮތުން ސަގާފީ ނުވަތަ ތިމާވެށީގެ ނުވަތަ ދީނީ ނުވަތަ ތާރީހީ ގޮތުން މުހިއްމުކަންދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށެއްކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައި ވެއެވެ. ހަމަ އެއާއެކު، ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބު މަތިކުރުމުގެ ފުރުސަތުވެސް އެ ގާނޫނުން ދީފައި ވެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ މަރުކަޒުން ބުނެފައިވަނީ، މި ގަހުގައި ރޯކޮށްލިއިރު، އެތަނުން އިޖުތިމާއި އަދި އިގުތިސޯދީ ފައިދާ ލިބޭ ގޮތަށް އެ ގަސް ރައްކާތެރިކުރުމުގެ މަސައްކަތް އެމަކަޒުން އައީ ކުރަމުންނެވެ.
މިފަދަ ތަރިކަތައް ރައްކާތެރިކުރުމުގައި އެ މަރުކަޒަށް އެއްބާރުލުން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ފެންނަ ފޮޓޯތަކުން އިނގޭގޮތުގައި ކާނިގަސްވަނީ އަނދާ ހުލިވެފައެވެ.
ތާރީޚު ދިރާސާކުރާ ފަރާތެއް ކަމުގައިބާ ނާޖިހު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ، ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.
މިގަސް އަންދާލުމާއި ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ