ގއ. ވިލިގިލީގައި ބަންނަމުންދާ ސަފާރީއެއްގައި ރޯވެ އަނދާ ހުލިވެއްޖެ

ގއ. ވިލިގިލީގައި ބަންނަމުންދާ ސަފާރީއެއްގައި ރޯވެ އަނދާ ހުލިވެއްޖެ

Author
ހުސެއިން
29 ފެބްރުއަރީ 2024 04:52
0

ގއ. ވިލިގިލީގައި ބަންނަމުންދާ ސަފާރީއެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

ސިފައިން މީޑިއާ އޮފިޝަލް ލ ވިދާޅުވެފައި ވަނީ އަލިފާން ރޯވީ ގއ ވިލިނގިލީ އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި ކަމުގައެވެ.

އަދި އަލިފާންގަނޑު ނިންވާލުމަށް އެހީތެރިވުމަށްޓަކައި ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން މަސައްކަތް ކޮށްފައި ވާކަމަށްވެސް  މީޑިއާ އޮފިޝަލްވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ހަރުގެ އެތަނުގައި ބަންނަމުންދިޔަ ސަފާރީއާއެކީވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ތަފްސީލު އަންނަނީ…

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.