މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ރައްޔިތުންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މޭޔަރު ރައްޔިތުންނާއި ބައްދަލު ކުރައްވާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތު ދުވަހުގެ ރޭ 8:30 ގައި ކަމުގައެވެ.
މާލޭ ސިޓީގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.
މިއީ މާލޭ ސިޓީގެ މޭޔަރުކަމާއި އާޒިމް ހަވާލުވުމަށްފަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ފައިދާހުރި ހުރިހާކަމެއްގައި ސަރުކާރަށް ސިޓީ ކައުންސިލުން އެއްބާރުލުން ދޭނެ ކަމުގައެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރުވެސް އުދަގުލެއް ނުކުރާނެ ކަމުގައެވެ.
އެއްވެސް ކަމެއް އަޅުގަނޑުމެންގެ ފަރާތުން ސަރުކާރަށް ދަތިވިޔަކަ ނުދޭނަން، ހާއްސަކޮށް މާލެ ސިޓީގެ މޭޔަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާވާ ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްެވެސް ކަމެއްގައި ސަރުކާރަށް ޒައްރެެއްގެ މިންވަރުވެސް އުނދަގުލެއް ވިޔަކަ ނުދޭނަން، ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން، ކައުންސިލަށްވެސް އަރުވަން،.
އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ