105 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

105 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

Author
ހުސެއިން
26 ފެބްރުއަރީ 2024 08:15
0

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ފަރާތުން މިއަދުގެ ނިޔަލަށް މަސްވެރިންނަށް 105 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެ ކަމަށެވެ.

އަދި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މިއަދު ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ (ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން) ދޫކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.