ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރުދިން މީހުންޔެ ބަންދަށް 15 ދުވަސް ޖަހައިފި

ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރުދިން މީހުންޔެ ބަންދަށް 15 ދުވަސް ޖަހައިފި

Author
ހުސެއިން
26 ފެބްރުއަރީ 2024 03:20
0

ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މއ. މާކަރީގޭ ނަބާހް ބުންޔާމީން އަބްދުލްކަރީމް، 22، އާއި ހުޅުމާލޭ ގޯތި ނަމްބަރު 11399 މުހައްމަދު އަދުހާން އިސްމައީލް، 32، ގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ދެ ފަނޑިޔާރަކަށް އިންޒާރުދީ އެ މައްސަލާގައި ސީނަށް ދިޔަ ފުލުހުންނަށް ވެސް އިންޒާރުދިންކަމުގެ ތުހުމަތެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ބަންދުކުރީ އެ މީހުންގެ އެމީހުން ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެކަމަށް ފެންނާތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.