މަޖިލިސް އިންތިޚާބަށް 6000 އޮފިޝަލުން ބޭނުންވޭ، މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 5،300 ފަރާތަކުން

މަޖިލިސް އިންތިޚާބަށް 6000 އޮފިޝަލުން ބޭނުންވޭ، މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 5،300 ފަރާތަކުން

Author
ހުސެއިން
24 ފެބްރުއަރީ 2024 10:38
0

ކުރިޔަށް އޮތްް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް 6000 އޮފިޝަލުން ބޭނުންވާ ކަމަށާއި، މި އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 5،300 ފަރާތަކުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އަދިވެސް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށައި، މާލެ ސިޓީގައި ބަހައްޓާ ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވުމަށް 350 އެއްހާ އޮފިޝަލުން އިތުރަށް އަދިވެސް ބޭނުންވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އޮފިޝަލުން އިތުރަށް ބޭނުންވާ ރަށްތަކުގެ ތެރޭގައި އައްޑޭ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ފެލިދެ އޮތޮޅުގެ ބައެއް ރަށްތައްވެސް ހިމެނެއެވެ.

އޮފިޝަލުންނަށް ވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހެވެ. ކޮމިޝަނުންވަނީ މިމުއްދަތުގައި ވީހާވެސް ގިނަ ފަރާތަކުން ފޯމު ހުށަހެޅުމަށް އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރަވެސް ބޮޑުކުރައްވާފައެވެ. އެކޮމިޝަނުން ވިދާޅުވީ އުޖޫރަ ބޮޑުކޮށް، އެކަމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އޮފިޝަލުންގެ އުޖޫރަ:

• ވޯޓުލާ މަރުކަޒުގެ ވެރިޔާ: 2650 ރުފިޔާ
• މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ: 2350 ރުފިޔާ
• އޮފިޝަލް: 2250 ރުފިޔާ
• ރިޒާވް އޮފިޝަލް: 1000 ރުފިޔާ

އަންނަ މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.