ރޭގެ ލޯންޗު އެކްސިޑެންޓްގައި އަނިޔާވި 2 މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ރޭގެ ލޯންޗު އެކްސިޑެންޓްގައި އަނިޔާވި 2 މީހަކަށް އައިސީޔޫގައި ފަރުވާދެނީ

Author
ހުސެއިން
23 ފެބްރުއަރީ 2024 12:02
0

ވިލިމާލޭގެ ގުޅިފަޅާ ވީފަޅިން، ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެމީހަކަށް އައިޖީއެމްޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކު މިހާރުވަނީ ދޫކޮށްލާފައެވެ. އަދި ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަނިޔާވި 3 ވަނަ މީހާއަށް ފަރުވާ ދެމުންދަނީ ވޯޑްގައި އެޑްމިޓް ކޮށްގެންނެވެ.

މި އެކްސިޑެންޓް ހިނގާފައިވާނީ ރޭ 7:48 ހާއިރުއެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވިލިމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވިލިމާލޭ ބްރިޖް އަޅަމުންދާ އެފްކޮސްގެ ލޯނޗަކާއި އަނަންުރާ ލޯނޗެއް މުޑިއަރައިގެންނެވެ.  އެކްސިޑެންޓްގައި އަނިޔާވެގެން ގެންދިޔަ މީހުންގެ ތެރޭގައި އެފްކޮންސް ކުންފުނީގެ 10 މުވައްޒަފަކާއި އަނަންތްރާ ލޯންޗްގެ ތިން މީހަކު ހިމެނެއެވެ.

މި އެކްސިޑެންޓް ފުލުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.