އިންތިޚާބަކާ ނުލާ ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވިއްޖެ

އިންތިޚާބަކާ ނުލާ ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވިއްޖެ

Author
ހުސެއިން
20 ފެބްރުއަރީ 2024 03:08
0

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުހަމަވިއިރު، އެމަގާމަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅަކަށް ވާތީ، ޝާހިދު އިންތިޚާބަކާއިނުލާ އެޕާޓީގެ ރައީސްކަމަށް ހޮވިފައިވާކަން އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ހޮވުމާއި ގުޅިގެން ކުރެއްވި އެކްސްޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ ޒިންމާއާއި އެމަނިކުފާނު ހަވާލުވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމުގައެވެ.

އިރާދަ ކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމް.ޑީ.ޕީ ކާމިޔާބު ހޯދާނެ.

ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުން އެންމެ ބޭފުޅަކު ރައީސްކަމަށް ކުރިމަތިލައްވައިފިނަމަ އެމަގާމަށް ބޭފުޅަކު ހޮވުމަށް ޕާޓީގެ މެމްބަރުންގެ މެދުގައި އާންމު އިންތިޚާބެއް ނުބާއްވާނެއެވެ.

ފާއިތުވި ނޮވެމްބަރުމަހު އެމްޑީޕީން ވަނީ އެޕާޓީގެ ވަގުތީ ރައީސްކަމަށް ކުރީގެ ރައީސް ސާލިހު ހަމަޖައްސާފައެވެ. އެހެންނަމަވެސް ރައީސް ސާލިހު އެޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ އޮނިގަޑުގެ ތެރޭގައި ރައީސް ސާލިހަށް ދެން އޮތް މަގާމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.