ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

Author
ހުސެއިން
12 ފެބްރުއަރީ 2024 12:51
0

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ކަމެކެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މާލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށްދިނުމަށެވެ. އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން މުއާމަލާތް ކުރުން ފަސޭހަކޮށްދިނުން ހިމެނެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ މީހުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލްއިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.