އެމްޑީޕީން ނުދައްކާއޮތް 5 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަންއިން ކޯޓަށް ދަނީ

އެމްޑީޕީން ނުދައްކާއޮތް 5 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަންއިން ކޯޓަށް ދަނީ

Author
ހުސެއިން
10 ފެބްރުއަރީ 2024 11:43
0

އިދިކޮޅު އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަން ޖެހިފައޮތް 5.6 މިލިއަން ރުފިޔާ ނުދައްކައިފިނަމަ ކޯޓަށް ދާނެކަމުގެ އިންޒާރު އެކުންފުނިން ދީފިއެވެ.

މޯލްޑިވިއަންއިން އެމްޑީޕީއަށް ފާއިތުވި ހަފްތާގެ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، އެޕާޓީން ޗާރޓަރކުރި ފްލައިޓްތަކުގެ އިތުރުން ނަގާފައިވާ ޓިކެޓަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު 5،629،861 އަށް އަރާކަމުގައެވެ.

އަދި އެސިޓީގައިވާ ގޮތުން މި ފައިސާއަކީ ޚިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭ ދައްކަން އެއްބަސްވެ އެކުންފުނިން ދީފައިވާ ޚިދުމަތްތަކަށްވާ ފައިސާ ކަމަށާއި، އެހެންނަމަވެސް އެކި ފަހަރުމަތިން މި ފައިސާ ދެއްކުމަށް އަންގައިގެންވެސް ފައިސާ ދައްކާފައި ނުވާ ކަމުގައެވެ.

އެގޮތުން މި ފައިސާ މިމަހުގެ 18ގެ ނިޔަލަށް ދައްކާ ޚަލާސް ނުކޮށްފިނަމަ މި ފައިސާ ހޯދުމަށް ޖޯޓަށް ދާނެކަމުގެ އިންޒާރު އެމްޑީޕީއަށް މޯލްޑިވިއަންއިން ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި ފައިސާއަކީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީން ކޮށްފައިވާ ދަތުރުތަކަށް ދޭންޖެހޭ ފައިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.