މިސްކިތްތަކުގައު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލައިފި

މިސްކިތްތަކުގައު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލައިފި

Author
ހުސެއިން
04 ފެބްރުއަރީ 2024 12:29
0

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ކިޔަން ފެށި ގުނޫތު ކިޔުން އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްރީން ނެރުނު ސާކިއުލާއެއްގައެވެ.

މިނިސްޓްރީގެ ސާރކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގާފައިވާ ކަމަށެވެ.

ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތުލް ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ފެށީ، އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ދުއާ ކުރުމަށެވެ.

ހަމާސްގެ މުޖާހިދުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކުއްލިގޮތަކަށް ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު، އިސްރާއީލިން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 27،000 ގިނަ މީހުން ޝަހީދުވެފައެވެ.

މިހަމަލާތައް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިޔަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.