ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް އަލީ ވަހީދު ކާމިޔާބު ކޮށްފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް އަލީ ވަހީދު ކާމިޔާބު ކޮށްފި

Author
ހުސެއިން
03 ފެބްރުއަރީ 2024 07:39
0

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބު ކާމިޔާބު ކޮށްފިއެވެ.

އޭނާވަނީ މީގެކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެއަށްފަހު އޭނާ އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވިއެވެ. ރައީސް ސާލިހުގެ ވެރިކަމުގައި އޭނާ ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް، ޖިންސީ ފުރައްސާރައިގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއްވި ފިއްލަވައިގެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.

އެހެންނަމަވެސް، ފާއިތުވި ރިޔާސީ އިންތިޚާބާ ދިމާކޮށް، އޭނާގެ މައްސަލަ ކޯޓުންވަނީ، ދައުވާކުރެވޭވަރަށް ހެކި ނެތްކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.