ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ފޯމުތައް އަލުން މުރާޖައާކޮށް ފްލެޓް ލިބޭ މީހުންނަށް ފްލެޓްތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން، އޭސީސީން މިއަދު ހައުސިން މިނިސްޓްެރީއަށް އަންގައިފި އެވެ.
ކުރީ ސަރުކާރުން ދޫކުރަން ނިންމި ފްލެޓުތަކާއި ގުޅިގެން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އޭސީސީއަށް މައްސަލަ ހުށައަޅަފައެވެ. ފްލެޓުތަކުގެ މައްސަލާގައި ހަތް ހާހަށްވުރެ ގިނަ ޝަކުވާ އޭރުގެ ހައުސިން މިނިސްޓްރީއަށް ހުށައެޅިއެވެ. އަދި ޢާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އޭސީސީން ވަނީ ފްލެޓުތައް ދޫކުރުން ހުއްޓުވާފައެވެ. އަދި އޭގެ ފަހުން ސަރުކާރު ބަދަލުވީނަމަވެސް އެކަމުގައި އަމަލުކުރާނެ ގޮތެއް އޭސީސީން އަދި އަންގާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޙައިދަރު ފާއިތުވި ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ވިދާޅުވީ، މައްސަލަ ތަޙުޤީގުކުރުމުގެ ފުރަތަމަ މަރުހަލާ 20 ދުވަހުގެތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް ނަމަވެސް އެއީ ޖިނާއީ ތަހުޤީގަކަށްވާތީ ގިނަ ދުވަސް ނަގާފާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމަށް އައިރު އޭސީސީއިން އެކަން ހުއްޓުވާފައި އޮތީމާ
ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭސީސީގެ ތަހުގީގަށް ބޭނުންވާތީ ފްލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާ ލިޔުންތަކެއް ފެންނަ ގޮތަށް އޭސީސީއަށް އެކްސެސް ދީފައިވާނެ ކަމަށާއި އެކްސެސް ދީފައިވާނީ އުނިއިތުރު ނުގެނެވޭނެ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ފެލެޓެއް އަތުލުމުގެ އެއްވެސް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ފްލެޓްތަކަށް ޝަރުތުހަމަވޭތޯ ނުވޭތޯވެސް ނިންމާނީ އޭސީސީން އަންގާ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ޝަރުރުހަމަވާނަމަ ފެލެޓް ލިބޭނެކަމުގެ ޔަގީންކަންވެސް އޭނާވަނީ ދެއްވާފައެވެ.
4000 ފްލެޓު ލިބޭނެ މީހުން ކަނޑައަޅަފައިވަނިކޮށް އޭސީސީން އެކަން ހުއްޓަލުމަށް އެންގިފަހުންވެސް އޭރުގެ ހައުސިން މިނިސްޓްރީން ފްލެޓު ބަހާފައިވެއެވެ.
ކޮމެންޓު ފޮނުވާ