ރާއްޖެއާއި އިންޑިއާއާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ ވާހަކަ ދެއްކުން: ޖައި ޝަންކަރު

ރާއްޖެއާއި އިންޑިއާއާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ ވާހަކަ ދެއްކުން: ޖައި ޝަންކަރު

ގުޅުންހުރި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން މިމަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާދަނޑިވަޅެއްގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ކޮންމެ ކަންބޮޑުވުމެއް ވެސް ދެނެގަންނަން ޖެހޭ ކަމަށާއި އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަންޖެހޭ ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެންޑީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ގާތްގަނޑަކަށް ހުރިހާ ގައުމަކާ ގުޅޭ ގޮތުންވެސް އޮތީ ކޮން ދަރަޖައެއްގައިކަން އެގައުމަށް އެނގޭކަމަށާއި، އެގޮތުން ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ވެއްޓި ދިއުމުގެ ފުރުސަތު އޮތުމުން، ކަމާއި ގުޅުން ހުރި އެންމެން ވެސް އިށީނދެ ވާހަކަ ދެއްކުމަށް ގޮވާލައްވާ ކަމަށެވެ.

އަޅުގަނޑުމެންނާއި ގާތް ވަރަށް ގިނަ ގައުމުތައް އެބަތިބި… އެ ގައުމުތަކުގައި އެކި ޕާޓީތަކުން އެކި ވިސްނުމުގައި އެގައުމުތަކުގެ އެކި އިންތިޚާބުތަކުގައި ވާދަކުރަނީ. މިހާރު އަޅުގަނޑުމެންނަކީ ބޮޑު އަވަށްޓެރިއެއް، އެބޭފުޅުންގެ އިންތިޚާބުގައި އަޅުގަނޑުމެން މައްސަލައަކަށް ވެގެން މިދަނީ. ދަންނަވަން އޮތީ ހަމައެކަނި މިވާހަކަ… އިންތިހާބެއްގައި ކޮންމެ ބޭފުޅަކު އިންތިޚާބު ވެދާނެ، އެކަމަކު، ޕަބްލިކް އޮފީހަކަށް އައުމާއެކު، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތުތައް ބަދަލުވޭ.

އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވި އެވެ.

ދެން ސޯޝަލް މީޑިއާގައި ވިޔަސް، ބައްދަލުވުމެއްގައި ވިޔަސް، މީޑިއާއަކަށް ވިޔަސް، ކޮންމެ ތަނެއްގައި ވިޔަސް، ތިޔަ ވިދާޅުވާ ނުވަތަ ކުރާ ކަންކަމާ މެދު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ.

ޖައިޝަންކަރު ތަފްސީލުކޮށްދެއްވި އެވެ.

އިންތިޚާބެއްގައި ތިކަންކުރާގޮތަށް ގޮތަށް ސަރުކާރުގައި ޢަމަލުނުކުރެވޭނެ. ބައެއް ބައްދަލުވުންތައް މިހާރުވަނީ ބާއްވާފަ، އުއްމީދަކީ އިތުރު ބައްދަލުވުންތަކެއް ބޭއްވުން. އެންމެ ފަހުން އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެން ވެސް އިށީނދެވާހަކަ ދައްކާށޭ. އެބޭފުޅުންގެ މައްސަލަތަކެއް ހުރިނަމަ އަޅުގަނޑުމެން އަޑުއަހައިގެން އެކަން ހައްލުކުރަން މަސައްކަތް ކުރާނަން، ސަބަބަކީ، އަޅުގަނޑުމެން އެންމެންނަކީވެސް އަވަށްޓެރިން.

ޖައިޝަންކަރު މިހެން ވިދާޅުވެފައި މިވަނީ ޑިޕްލޮމެޓިކް (އަދި ސިޔާސީ) ހަމަނުޖެހުންތަކެއް ސޯޝަލް މީޑިއާގައި ފެތުރި، އިންޑިއާއީ ރާއްޖޭގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ، ރައީސް މުއިއްޒު މިދިޔަ އަހަރު ވެރިކަމަށް ހޮވިވަޑައިގަތީ  "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުންނެވެ. އަދި އެ ހަރަކާތުގެ ސަބަބުން އަލަށް ހޮވުނު ސަރުކާރަށް ޗައިނާއާއި ގާތް ގުޅުމެއް އުފައްދަން ފުރުސަތު ލިބުނުކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ޗައިނާއަށް ތާއީދުކުރާ (އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއާ ދެކޮޅު) ސިޔާސަތުގެ ސަބަބުން އިމްޕީޗްމަންޓްގެ ނުރައްކާ މިހާރު ކުރިމަތިވެފައިވާ މުއިއްޒު ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެތަނުގައި ތިބި އިންޑިއާ ސިފައިން އެތަނުން ފޭބުމަށް ވެސް އަންގަވާފައެވެ.

އަދި އެންމެ ފަހުން ޗައިނާގެ "ރިސާޗް" އުޅަނދެއް ކަމަށްވާ ޝިއާން ޔަންގް ހޮންގް 03 އަށް އަންނަ ހަފުތާގައި ވެރިރަށް މާލޭގައި ބަނދަރު ކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން ސަރުކާރާ އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެން ގޮސްފައިވާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ