ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނުމާއި ގުޅިގެން، 7 އަހަރުން ދަށުގެ ކުޑަކުދިން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފި

ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނުމާއި ގުޅިގެން، 7 އަހަރުން ދަށުގެ ކުޑަކުދިން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފި

ގުޅުންހުރި

ހޯއްގޮވާ ކެއްސުމުގެ ތިން ކޭހެއް ގއ. ވިލިނގިލިން ފެނުމާއި ގުޅިގެން މި ބަލީގެ ވެކްސިން ފުރިހަމަ ކޮށްފައި ނުވާ 7 އަހަރުން ދަށުގެ ކުދިން ވެކްސިން ފުރިހަމަ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.

ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް ޕޮޒިޓިވް ވެފައިވާ 3 ކުޑަކުދިން މިއަދު ފެނުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަދި މިބަލިން ރައްކާތެރިކުރުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާއި ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމުގައެވެ.  އެހެން ނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަމުން ދާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ ބައެއް މަސައްކަތްތައްވެސް މި ބަޔާނުގައި ބަޔާން ކޮށްފައި ވެއެވެ. އެކަންކަމަކީ:

  • އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުން
  • ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ، އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންގެ ތެރެއިން ބަނޑަށް 6 މަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން
  • ބަލީގެ އަލާމާތް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުން
  • ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުން

ޕަރޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ޕާޓުސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ.

މިބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށްހުރި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.  އެ ރަށެއްގެ ސިއްހީ ހިދުމަތްތދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން، ކެއްސުން ދިގުލައިގެންދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރިނަމަ ނުވަތަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ