މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކުރިޔަށް އޮތް 6 މަސްތެރޭގައި ކަނޑައަޅަނީ

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކުރިޔަށް އޮތް 6 މަސްތެރޭގައި ކަނޑައަޅަނީ

Author
ހުސެއިން
23 ޖެނުއަރީ 2024 01:52
0

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކުރިޔަށް އޮތް 6 މަސް ތެރޭގައި ކަނޑައަޅާނެ ކަމުގައި މާލޭގެ އަ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ ގާނޫނީ ހުވާ ރޭ ކުރެއްވުމަށްފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ ހައްކުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަންއެއް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމުގައެވެ.

އަޅުގަނޑު ވިސްނާފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން، އެ އަދަދު ކަނޑައަޅަންޖެހޭ، ކުރިއަށް އޮތް ހަ މަސް ތެރޭގައި އަޅުގަނޑު އެކަން ކުރާނަން، ޓްރާންސްޕޯޓް މިނިސްޓަރާ ވެސް ވާހަކަ ދައްކާފައި ވާޏީ އެކަމުގައި. މިނިސްޓަރު ވިދާޅުވި އަޅުގަނޑާއެކު މި މަސައްކަތް ކޮށްދެއްވާނެ ކަމަށް.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.