ހައްޖު ކޯޕަރޭޝަނަށް ދެ ޑެޕިއުޓީ އެމްޑީން އައްޔަން ކުރައްވައިފި

ހައްޖު ކޯޕަރޭޝަނަށް ދެ ޑެޕިއުޓީ އެމްޑީން އައްޔަން ކުރައްވައިފި

Author
ހުސެއިން
19 ޖެނުއަރީ 2024 12:07
0

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ އެމްޑީންގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ އަލީ ޝަރީފާއި މުހައްމަދު ޝިހާބެވެ. ދެ ބޭފުޅުންގެ ތެރެއިން ޝިހާބަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.